ޒަވާޖީ ޙަޔާތުގެ ތެރެއިން ހޯދެންހުރި ޘަވާބުގެ ގިނަކަމަށް ވިސްނާނަމަ ދެމަފިރިން އެންމެ ކުޑަމިނުން ދެބަސްވެސް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޒަވާޖީ ޙަޔާތުގެ ތެރެއިން ހޯދެންހުރި ޘަވާބުގެ ގިނަކަމަށް ވިސްނާނަމަ ދެމަފިރިން އެންމެ ކުޑަމިނުން ދެބަސްވެސް ނުވާނެ!

ކައިވެނިކުރުމުން ލިބިގެންދާ ދަރަޖަ ނިކަން ދެކިބަލާށެވެ! ކައިވެނިކުރުމުން އެއީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވީކަމަށް އޮތުމަކީ ކައިވެނިކުރަން ދެއްވަވާފައިވާ ކިހާ މަތިވެރި ދަރަޖައެއް ހެއްޔެވެ؟ ދެން ބަލައިލަންވީ ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް ﷲ ތަޢާލާއަށް ކިޔަމްނަތެރިކަން އަދާކޮށް ދީނުގައި އޮތްމަގުން ދިރިއުޅޭނަމަ ލިބެން އޮތް ބޮޑު ފައިދާއަށެވެ.

ފުރަތަމަ ކަމަކަށް ކައިވެނި ކުރުމަކީ އަޅުކަމެކެވެ! ކައިވެންޏަށްފަހު އެކަކު އަނެކަކު ދެކެ ލޯބިވުމަކީ އަޅުކަމެކެވެ. ހެޔޮކޮށް ހިތުމަކީ އަޅުކަމެކެވެ. ސުންނަތުގައިވާފަދައިން އެކުގައި ރޭކުރުމަކީ ވެސް އަޅުކަމެކެވެ.

އެކަކު އަނެކަކަށް ތެދުވެރިވުމަކީވެސް އަޅުކަމެކެވެ! އެކަކު އަނެކަށް އެހީތެރިވުމަކީވެސް އަޅުކަމެކެވެ. ލޯބިން ފިރުމައިލުމަކީވެސް އަޅުކަމެކެވެ. ހިނިތުންވެލުމަކީވެސް އަޅުކަމެކެވެ. އެކަކަށް ލިބޭ ހިތާމަތަކާ ތަކްލީފްތަކުގެ އެއްކޮޅުގައި އަނެކަކު ހިފުމަކީވެސް އަޅުކަމެވެ.

އަދި ކީއްހެއްޔެވެ؟ އެކުގައި ވަގުތު ހޭދަކުރުމަކީވެސް އަޅުކަމެކެވެ.

ޖުމުލަކޮށްލާފައި ބުނާނަމަ ﷲ ތަޢާލާ ހުއްދަކުރެއްވެވި އިމުގެ ތެރެއިން ދެމަފިރިން އިޚްލާޞްތެރިކަމާއިއެކުކުރާ ކޮންމެ ކަމަކީ އަޅުކަމެކެވެ.

ވީމާ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި، ލިބެންހުރި ޘަވާބުތައް ދޫކޮށްނުލާށެވެ! ދިރިއުޅުން އުފާވެރިވެ ބާއްޖަވެރިވާނީ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރިވަރަކަށެވެ. އެކަމުގައި އިމެއް ނެތެވެ! އޮތީ ހިތްވަރުކުރަންކެރުނު ވަރެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން