ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް ޤާސިމް އިބްރާހީމްގެ ރައްދެއް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް ޤާސިމް އިބްރާހީމްގެ ރައްދެއް

އެމަނިކުފާނުގެ ކިބައިގައި ތައުލީމެއް ނެތްކަމަށް ބުނާ މީހުންނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ރައްދުދެއްވައިފިއެވެ.

އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ރަނިންމޭޓު، ޑރ. އަމީން އިބްރާހީމްގެ އުފަން ރަށް ބ. ތުޅާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، ތުޅާދޫއަކީ އެމަނިކުފާނުގެ އަމީން ނިސްބަތްވެވަޑައިގަންނަވާ ރަށް ކަމަށާއި މިއަދު އެއީ ޑރ. އަމީން އިބްރާހީމް ކަމަށެވެ.

ޔުނިވާސިޓީ އޮފް ވޭލްސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވާފައިވާ އަމީނަށް އިޝާރާތްކުރައްވައި މިފަދައިން ވިދާޅުވުމަށްފަހު، ޤާސިމް ވިދާޅުވީ، ބައެއް މީހުން ތައުލީމެއްނެތޭ ބުންޏެއްކަމަކު އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވާ ކަމަށެވެ.

އެމަނިކުފާނަށް އޮނަރަރީ ޕީއެޗްޑީ އަރުވާފައިވަނީ ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.

ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވޯލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް އެމަނިކުފާނަށް އަރުވާފައެވެ.

ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަން ވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ. މީގެއިތުރުން، ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދަކީވެސް ޤާސިމް އިބްރާހީމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން