ރައީސް އިބްރާހީމް އިންތިޚާބް ކާމިޔާބުކުރައްވާނެ ކަމަށް ބުނެ ފަތުރަނީ ޞައްޙަ މަޢުލޫމާތެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރައީސް އިބްރާހީމް އިންތިޚާބް ކާމިޔާބުކުރައްވާނެ ކަމަށް ބުނެ ފަތުރަނީ ޞައްޙަ މަޢުލޫމާތެއް ނޫން!

މިމަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ވޯޓުލުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބް ކާމިޔާބުކުރައްވާނެ ކަމަށް ބުނެ ފަތުރަމުން ގެންދަނީ އެއްވެސް އަސާސެއް ނެތް މަޢުލޫމާތުތަކެއް ކަމަށް ގިނަ ބައަކު ދެކެއެވެ. އަދި އެމަޢުލޫމާތު ހާމަކުރާ ވަޅުދާނި ފަދަ ޖަމާޢަތްތަކުން އެފަދަ މަޢުލޫމާތު ހާމަކުރަނީ ޙީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށްވެސް ބުނެއެވެ. 

"ވަޅުދާނި، ފެންމޯޓަރު، ފުޓްވޭލް، ހެލޯ. ދެލޯ، ފަދަ ނަންނަމުގަ އެކުރާ ކަމަކީ މީހުންގެ ސިކުނޑިތަކަށް ޗިޕްޖެހުން. މަކަރުހެދުން އޮޅުވައިލުން. އެއީ އެކަނިއިގެ ތިންކް ޓޭންކް އަޑީގައި ތިބެގެން ކުރުވާ ކަމެއް، މަކަރުވެރި ރޭވުމެއްގެ ދަށުން ހިންގުވާ ވަރަށް ހީލަތްތެރި ޢަމަލުތަކެއް، ވަރަށް ރަބނގަޅަށް އެނގޭތީ މިބުނަނީ ދެވަނަ ބުރުގަ ކުރި ހޯއްދަވާނީ ރައީސް ޞާލިޙްކަން އެނގޭނެ އެއްވެސް ޙަޤީޤީ ދިރާސާއެއް ނެތް. ޕާޓީގެ 10 ވަރަކަށް ކުދިންނަށް ފޯނުކޮށްލީމަ ދިން ޖަވާބު އެއީ ދިރާސާއެއް ކަމަށް ބަލައިފިނަމަ އޮވެވެސްދާނެ! ނަމަ އެގޮތަށް ޕާޓީކުދިންނަށް ގުޅާލައިގެން ކުރާ ކަންކަމަކަށް އަޅުގަނޑުމެން ނުކިޔަން ދިރާސާއެކޭ! 

އަދި ބައެއް ފަހަރު ގުޅާފަ އެބައަހާ ކަލޭ ރައީސް ޞާލިޙަށް ވޯޓުލާނަންހޭ؟ ނުލާނަމޭ ބުނެފިއްޔާ ދޭނެ ގެއްލުމަކަށް ބިރުން ނުލާނަމޭ ނުބުނާނެ މީހުން ވަރަށް ގިނަވާނެ! މިހާރުވެސް ބައްޕަ ތާއީދުނުކުރީމަ ދަރިން އެބަ ވަޒީފާއިން ވަކިކުރޭ! ނުކުރާ އަނިޔާއެއް ނެތް! ވީމާ ފޯނެއް ކުރީމާ އެދޭޖަވާބަކީ އަދި ރައީސް ޞާލިޙަށް ތާއީދު ކުރުމެއް ނޫން އިނގޭތޯ! އެކަންކަން އޮޅުވާލައިގެން ޗިޕްޖަހަމުން އެގެންދަނީ" ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން