ރަމަޟާންމަހާ ޖުލައި މަހު އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަ ފުރުޞަތުތަކެއް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 49ސ
ރަމަޟާންމަހާ ޖުލައި މަހު އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަ ފުރުޞަތުތަކެއް-

އަންނަ ރަމަޟާންމަހާއި ޖުލައި މަހު އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަ ފުރުޞަތުތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އެގްރޫޕުން ބުނެފިއެވެ. 

"ރަމަޟާން މަހު އެބަކުރަން 2 ދަތުރެއް. އެއީ ރަމަޟާންމަސް އެކުގައި ހޭދަކޮށް ޢީދު ކިޔައިގެން ރާއްޖެ އަންނަ ގޮތަށް ކުރާ 37 ދުވަހުގެ ދަތުރަކާ 22 ދުވަހުގެ ދަތުރެއް. މިދަތުރަކީ ފަހު ފަނަރަ ހޭދަކޮށް ޢީދުކިޔައިގެން އަންނަ ގޮތަށް ކުރާ ދަތުރެއް. މި 2 ދަތުރުގެ އިތުރުން ދެން މިހާރުވެސް އަޅުގަނޑުމެން މިގެންދަނީ އަންނަ އަހަރުގެ ޖުލައިމަހުގެ ދަތުރަށް ރަޖިސްޓްރީކުރަމުން." 

"މި 2 ދަތުރަށްވެސް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ޚާއްޞަ އަގުތަކެއް އެބަދެން. ރަޖިސްޓްރީކުރަށްވާއިރު އެކުގަ ފައިސާ ދައްކަވާކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެ. ލުއި ގޮތްތައް އަޅުގަނޑުމެން އެބަ ހަމަޖައްސައިދެން." ކަމަށް އެގްރޫޕުން ބުނެފައިވެއެވެ. 

އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިވެގެން ޢުމުރާއަށްދާ ފަރާތްތަކުން ގްރޫޕުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފައުޅުކުރަމުންނެވެ.

ކުރީގެ ލިޔުމެއް: 

"އަޅުގަނޑު އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށް ދާންފެށީ އެހެން ވެސް ބައެއް ޖަމާޢަތްތަކާއިއެކު ދަތުރުކުރުމަށްފަހު ލިބުނު ތަޖުރިބާއަށް ބަލައި. އެހެން ޖަމާޢަތްތަކުން އަޅުގަނޑަށް ލިބުނު ޚިދުމަތަށްވުރެ އަސްކޮއި ޓްރެވަލް ސަރވިސް އިން ލިބުނު ޚިދުމަތް ފުރިހަމަވީމަ. ދަތުރުތައް ކުރުމުގައާ، ތިބޭ ތަނުގެ ފެންވަރާ، ޙަރަމްފުޅާ އެންމެ ކައިރީގައި ތިބެވުމާ، ކާންދޭ ފެންވަރު މާބޮޑުތަނުންވެސް ރަނގަޅުވީމަ. ބުނާ ގޮތަށް ކަންކަން ކޮށްދިނުމުގެ އިތުރުން ކުރިން ބުނެފައިނުވާ އެތައް ޚިދުމަތްތަކެއްވެސް ފޯރުކޮށްދޭތީ. ކަމަކު ބޭނުންވެގެން އެދުނަސް އަޅުގަނޑުމެންގެ އަޑުއަހައި ކޮށްދެވެން އޮންނަ ކަންކަން ވީހާ އަވަހަކަށް ކޮށްދޭތީ." 

މިއީ އަސްކޮއި ޓްރެވަލް ސަރވިސް އަދި އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް މެދުވެރިވެގެން ޢުމުރާއަށްދާ ގިނަބައަކު ބުނާ ވާހަކައެކެވެ. މިފަދައިން ބުނި އެތައް ބައަކާއި ވަނީ ބައްދަލުވެފައެވެ. 

އެޖަމާޢަތުން ކުރިއަށް މިހާރު ހުރި ދަތުރުތަކުގެ ތެރޭގައި އޮކްޓޯބަރު މަހުކުރާ ޢުމްރާ ދަތުރު، ޑިސްމްބަރު މަހުގެ ދަތުރު އަދި އަންނަ ރަމަޟާން މަހު ކުރާ ދިގު ދަތުރާއި ކުރު ދަތުރު ހިމެނެއެވެ. ރަމަޟާން މަހުގެ ދިގު ދަތުރުގެ ބައިވެރިން ރާއްޖެ އަންނާނީ ރަމަޟާން މަސް އެކުގައި ނިންމައި އަދި 6 ރޯދަ ހިފުމަށްފަހުގައެވެ. ކުރު ދަތުރުވެރިން އެނބުރި އަންނާނީ ފަހު 15 އާއި ހަރޯދަ ނިންމައިފައެވެ. 

ކުރިއާލައި ރަޖިސްޓްރީކުރާ މީހުންނަށާއި ގްރޫޕުތަކަށް ޚާއްޞަ ޑިސްކައުންޓެއް ދެއެވެ. އެޖަމާޢަތުން ބުނެފައިވަނީ ޖަމާއަތާއިއެކު ދަތުރުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ޚިދުމަތް ދިނުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ. 

"އަޅުގަނޑުމެންނާއިއެކު ދަތުރުކުރާ އެންމެންވެސް އަޅުގަނޑުމެންގެ ޚިދުމަތަށް ހިތްހަމަޖެހޭ، އަގުތަކަށްވެސް ހިތްހަމަޖެހޭ. އަޅުގަނޑުމެން ބަލަނީ ލިބޭ ފައިދާއަކަށް ނޫން. ދަތުރުކުރާ މީހުންގެ ހިތްހަމަޖެހުމަށް. އެހެންވެ ކޮންމެ ފަހަރަކުވެސް ބޮޑު ހޭދައެއް ކޮށްގެންވެސް ޙަރަމްފުޅާ އެންމެ ގާތުން ހޮޓާ މިހިފަނީވެސް." އަސްކޮއި ޓްރެވަލް ސަރވިސް އާއި އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން ބުނެފައިވެއެވެ.

އަސްކޮއި ޓްރެވަލް ސަރވިސް ޖަމާއަތާއެކު ޖުލައި މަހު ދަތުރުކުރި ޢަލީ ޒާހިރުގެ ބަސް އަޑުއައްސަވާލައްވާ:

މިއަދު އޮންލައިން