ރެސެޕީ – ބަރަބޯ ކަނދި

ކިޔުމަށް ހޭދަވާނީ 51ސ
ރެސެޕީ – ބަރަބޯ ކަނދި

އުންމު ނަވާރު

 

ބޭނުންވާ ތަކެތި: 

2 ޖޯޑު ބަރަބޯ ( ކުދިކޮށް ކިއުބް ގޮތަށް ކޮށާފަ ހުންނަ )

ރާނބާފަތް ( 3 އިންޗީގެ 4 ފަތްކޮޅު)

8 ކަފޫރު ތޮޅި ( ކާފޫރު ތޮޅީގެ ދެކޮޅު ބުރި ކޮށްލާފައި )

ފޮނި ތޮށި ( 2 އިންޗީގެ 6 އެތިކޮޅު )

2 ޖޯޑު ހަކުރު

1 ޖޯޑު އޮލަ ބޯކިރު

4 ޖޯޑު ފެން

3 މޭޒުމަތީ ސަމުސާ ޒުވާރި ފުން

6 މޭޒުމަތީ ސަމުސާ ފެން ނުވަތަ ޒުވާރި ފުންކޮޅު ގިރުވޭ ވަރަށް ( ޒުވާރި ފުންކޮޅު ގިރުވާލުމަށް )

 

ތައްޔާރު ކުރާނެ ގޮތް:

 

ބަރަބޯކޮޅު ތެއްޔަކަށް އެޅުމަށްފަހު ރީތިކޮށް ދޮވެލާށެވެ. އެހެން ތެއްޔަކަށް 4 ޖޯޑު ފެނާއި ރާނބާފަތާއި ފޮނިތޮށި އަދި ކާފޫރު ތޮޅި އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ފެންގަނޑު ކެކިގަތީމައި އޭގެތެރެއަށް ބަރަބޯކޮޅު އަޅާލާށެވެ. ބަރަބޯކޮޅު މަޑުވަންދެން ކައްކާލާށެވެ. ބަރަބޯކޮޅު ރަނގަޅަށް މަޑުވެލީމައި ހަކުރުކޮޅު އަޅާލާށެވެ. ހަކުރުކޮޅު ވިރުނީމައި އޮލަ އަޅާލާށެވެ. ކުޑައިރުކޮޅަކު ކައްކާލުމަށްފަހު ބޯކިރު އަޅާލާފައި އުނދުން މަތިން ބާލާށެވެ.

ބަރަބޯ ކަނދި އެކި ގޮތްގޮތަށް ތައްޔާރުކޮށް އުޅެއެވެ.

 

ލިޔުނީ: އުންމު ނަވާރު

 

 

މިއަދު އޮންލައިން