ސަޢީދާ ގަވަރުނަރު އެކުގަ ތިއްބަވައިގެން ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދޭން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސަޢީދާ ގަވަރުނަރު އެކުގަ ތިއްބަވައިގެން ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދޭން އެބަޖެހޭ!

އެމްއެމްއޭ އިން އުޅެނީ އަތްލެވެންހުރި ރިޒާވް ގިނަވެ އިތުރުވެގެން އެކަމުގެ އުފާ ފައުޅުކުރުމުގައެވެ. ރައީސް އިބްރާހީމް އާއި އެމަނިކުފާނުގެ ޓީމުން އަދި ޢަދާލާތު ޕާޓީން ގެންދަނީ ޜާއްޖޭގެ އިޤްޠިޞޯދަށް އައިސްފައިވާ ބޮޑުކުރިއެރުން ފާހަގަކޮށް އުފާ ފައުޅުކުރަމުންނެވެ. ފަޚުރުވެރިވަމުންނެވެ. 

ނަމަވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އެކުލަވައިލެއްވި ބަޖެޓް ކޮމިޓީގަ އެންމެ އިސްކޮށް ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު، މުޙައްމަދު ސަޢީދު ދައްކަވަނީ މުޅިން ތަފާތު ޢަދަދެކެވެ. 

ސަޢީދު ވިދާޅުވާގޮތުގައި ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވްގައި ހުރީ އެންމެ 68 މިލިއަން ޑޮލަރެވެ. އެކަމަކު އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 148 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ 80 މިލިއަން ޑޮލަރުގެ ތަފާތެކެވެ. 

ކޮންމެއަކަސް ޔަޤީންވާކަމަކީ ހިސާބުތައް ކޮންމެ ގޮތަކަށް ދެއްކިނަމަވެސް ދިވެހި ޤައުމު މިވަނީ އިޤްޠިޞޯދީ ބޮޑު އަނދަވަޅަކަށް ވައްޓާލާފައިކަމެވެ. ވީމާ އެމްއެމްއޭގެ ގަވަރުނަރާއި ކުރީގެ އިޤްޠިޞޯދީ ވަޒީރު ސަޢީދު އެކުގައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މިކަންކަން މިވާ ގޮތެއް ރައްޔިތުންނަށް ހާމަކޮށްދެއްވުން މުހިންމުކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން