މާލޭގައި ހިންގާ ކޭއެފްސީ، ޕިއްޒާހަޓް، ކޮކާކޯލާގެ ގުދަނަށް ކަޅުތެޔޮޖަހާ ގެއްލުންދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
މާލޭގައި ހިންގާ ކޭއެފްސީ، ޕިއްޒާހަޓް، ކޮކާކޯލާގެ ގުދަނަށް ކަޅުތެޔޮޖަހާ ގެއްލުންދީފި

މާލޭގައި ހިންގާ ފްރެންޗައިޒް ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީ، ޕިއްޒާ ހަޓް އަދި ކޮކާ ކޯލާ ހިންގާ ހިމާރާތުގެ ގުދަނަށް ބަޔަކު ކަޅުތެޔޮޖަހާ ގެއްލުންދީފިއެވެ.

މިތަންތަނަށް މިރޭ ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިތަންތަނަށް ވަދެ ތަނުގައި ތިބި ބައެކެވެ. މި ތަންތަނަށް ގެއްލުންދީފައިވަނީ، އެ ތަންތަނުގައި މައި ކުންފުނިތަކުން، ފަލަސްޠީނުގައި ގަތުލުއާންމު ހިންގަމުން އަންނަ ނިރުބަވެރި ޒަޔަނިސްޓް ޖަމާއަތް އިސްރާއީލަށް ފަންޑުކުރާތީއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ތަންތަން ހިންގާ އިމާރާތްތަކަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، އެތަންތަނުގެ އޮޕަރޭޝަންސް ހުއްޓާލުމަށް އަންގައި އިންޒާރުދީފައިވެއެވެ. އަދި އެ އިމާރާތްތަކަށް ކަޅުތެޔޮ ވެސް ޖަހާފައިވެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓަށް ގެއްލުން ދިން މައްސަލަ ރިޕޯޓްކޮށްފައިވާތީ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން