އަހުރެންގެ ސުވާލަކީ:
ޣައްޒާ އާއި ވެސްޓްބޭންކްގެ ސަރަޙައްދުތަކަށް އިޒްރޭލުން އެއްވެސް ބެލުމެއް ނެތި ބޮންތައް އޮއްސައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ހިމެނޭ ގޮތަށް އެންމެން ޝަހީދުކުރަމުން ގެންދާތީ،
އެކަމާއި ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގައި އަދި ދުނިޔޭގެ ހުރިހާ ސަރަހައްދުތަކެއްގައިހެން ކަންބޮޑުވުން ފައުޅުކޮށް އެތައް ހާސް ބައަކު ބޮޑެތި މުޒާހަރާތައް ކުރަމުން ގެންދާއިރު،
މުސްލިމް/ޢަރަބި ދުނިޔެއިން އެފަދަ އެއްވެސް ކަމެއް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟
އަހުރެންނަށް މިފެންނަނީ މީރު ކެއުންތައް ކަމުން ބޮޑެތި މޭޒުތައް ކައިރީގައި ތިބެގެން އަބަދުވެސް. ފާއިތުވި 100 އަހަރުވެސް ދައްކާ ތަނެވެ. ކުރާ ކަމަޚީ އެންމެ ހަރުކަށި ޢިބާރާތުން އިޒްރޭލް ކުށްވެރިކުރުމާއި ހަނގުރާމަ ހުއްޓާލަން ގޮވާލުމެވެ!
ދެންވެސް އޮތީ ސުވާލެކެވެ! އެސުވާލަކީ ތިމާމެންގެ އަޚުން ޝަޙީދުކޮށް ހުސްކުރަމުން ގެންދާއިރު، ކާންބޯން ނުލިބުމުގެ އިތުރުން ބޯހިޔާވަހިކަމެއް ނުލިބި މަގުމަތިކޮށްލުމުން، އަދި ބޭސްފަރުވާ އާއި އަސާސީ ޙައްޤުތަކުން މަޙްރޫމް ކުރީމާ އިސްލާމް ދީނުގައި ކުރުން ވާޖިބުވާ ކަމަކީ އެކަންކަން ކުރާ މީހުން ކުށްވެރިކޮށް ބަޔާންނެރުން އެކަނިހެއްޔެވެ؟
އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މުސްލިމުން ޔަހޫދީންނާއި ދެކޮޅަށް މިއަދު ނުކުރި ހަނގުރާމައެއް ކުރަންޖެހޭނެ ދުވަހެއް ނުފެންނާނެއެވެ. ވާނެ ގޮތް ނުއެނގުނަސް އަދި މިހައިތަނަށް ފެނިފައި ނެތްކަމީ ޔަޤީން ކަމެކެވެ.
މިއީ އެމެރިކާގައި ހުރި މުސްލިމަކު ކުރިމަތިކުރުވާފައިވާ ސުވާލުތަކެކެވެ. ޢަރަބި ޤައުމުތަކުން ކަނޑާ ސަޅިބައިސާ ވައިގަ ހިއްޕުވަން މަސައްކަތްކުރާ މީހުން އޭނާގެ މިސުވާލަތަކަށް ނިކަން ޖަވާބުދީބަލާށެވެ!