އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުން ފާހަގަކުރުމަށް، ގައުމީ ދިފާއީ ބާރުން މާލޭގައި ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ހަވާ އަރުވާނީ މިރޭ 21:00 ގައި ކަމަށެވެ. ހަވާ އަރުވާނީ އިއްޒުންދީން ފާލަމާ ދިމާއިން ބޭރުގައި ކަމަށް ވެސެ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުން އަދި އިންތިޚާބީ ނައިބުރައީސް އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ނައިބުރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 16:45 ގައި، ޖުމްހޫރީ މައިދާނުގައެވެ.