މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 13ސ
މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފި

- ރާއްޖޭގައި ތިބި މޯލްޓާގެ ވިސާއަށް ބޭނުންވާ ފަރާތްތަކުން މި ސެންޓަރ މެދުވެރިކޮށް ހުރިހާ ވިސާ ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށައެޅޭނެ.

- އާ ސެންޓަރގެ ސަބަބުން މީގެކުރިން މޯލްޓާގެ ވިސާ ނެގުމަށް ދިއްލީއަށް ދަތުރުކުރަން ޖެހުމުގެ ވަގުތާއި ޚަރަދު ސަލާމަތްވާނެ. 

 

ދިވެހިރާއްޖޭގައި ތިބި މޯލްޓާގެ ވިސާއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ނިޔަތުގައި އިންޑިއާގައި ހުންނަ މޯލްޓާގެ ހައިކޮމިޝަނާއި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ހައިސިއްޔަތުން ވިސާ ހަމަޖައްސައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއިން 16 ނޮވެމްބަރ 2023 ގައި މާލޭގައި މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް އިފްތިތާޙްކޮށްފިއެވެ. 

މި ސެންޓަރ އިފްތިތާހްކޮށްދެއްވާފައިވަނީ މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ރޫބެން ގޯޗީ އަދި ވީއެފްއެސް ގްލޯބަލްގެ ޝެންގެން އޮޕަރޭޝަންސް (ނިއުދިއްލީ) ސީނިއަރ ޖެނެރަލް މެނޭޖަރ މިސްޓަރ ނަވީން ނާރާއެވެ. އިންޑިއާގައި ހުންނަ މޯލްޓާ ހައިކޮމިޝަންގެ މަސައްކަތުގެ އިހްތިސާސްގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ދިވެހިރާއްޖެ، ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެއެވެ. 

ދިވެހިރާއްޖޭގައި ތިބެގެން މޯލްޓާގެ ވިސާއަށް ލާންއެދޭ ފަރާތްތަކުން މިހާރު ބޮޑުތަކުރުފާނު މަގު ހ.ބީޗް ޓަވަރގެ ފުރަތަމަ ފަންގިފިލާގައި އަލަށް ހުޅުވި ސެންޓަރުން އެ ޚިދުމަތް ހޯދޭނެއެވެ. މިތަނުން ވީއެފްއެސް ގްލޯބަލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ނަގައިގެންނާއި، ކަނޑައެޅިފައިވާ ޗެކްލިސްޓްގައިވާ ލިޔުންތައް ހަމަކޮށްގެން ކުރިން އެޕޮއިންޓްމެންޓް ނެގުމަކާއި ނުލައި ހާޒިރުވެގެންވެސް ޚިދުމަތް ހޯދޭނެއެވެ. މި ވިސާ އެޕޮއިންޓްމެންޓް ސެންޓަރގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމްކޮށްފައިވާއިރު، ތަނަކީ ޖާގައިގެ ގޮތުންވެސް ތަނަވަސް އަދި ހިތްފަސޭހަ ތަނެއްކަން ފާހަގަކޮށްލެވެއެވެ. 

މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ރޫބެން ގޯޗީ ވިދާޅުވީ މިއަދާއި ހަމައަށް ރާއްޖެއިން މޯލްޓާ ވިސާ ނަގާ ފަރާތްތައް އިންޑިއާގެ ދިއްލީއަށް ދާންޖެހޭކަމަށެވެ. ނަމަވެސް މާލޭގައި މި ސެންޓަރ ގާއިމްކުރުމުން އިންޑިއާއަށް ދިއުމުގެ ޚަރަދާއި ވަގުތު ސަލާމަތްވާނެކަމަށާއި، މިއީ މަލްޓާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. 

ވިސާ ސެންޓަރ ހުޅުވުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވީއެފްއެސް ގްލޯބަލްގެ ސައުތު އޭޝިއާ ޗީފް އޮޕަރޭޓިންގ އޮފިސަރ މިސްޓަރ ޕްރަބުއްދާ ސެން ވިދާޅުވީ، 2008 އިން ފެށިގެން ވީއެފްއެސްއާއި މޯލްޓާއާއި ދެމެދު ގުޅުން ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި

ހުޅުވި ވިސާ ސެންޓަރާއި އެކު އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، މި އާ ސެންޓަރާއި އެކު ވިސާއަށް ހުށައެޅުމުގެ ކަންކަން ފަސޭހަ ވާނެކަމަށެވެ. 

2008 ވަނަ އަހަރުން ފެށިގެން ވީއެފްއެސް ގްލޯބަލްއިން ދަނީ މޯލްޓާގެ ސަރުކާރާއި އެކު ވިސާ ޕްރޮސެސިންގ ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނިން ދަނީ ސަރުކާރުތަކުގެ ފަރާތުން 38 ގައުމެއްގައި 101އަށްވުރެ ގިނަ ވިސާ އެޕްލިކޭޝަން ސެންޓަރުތައް ޤާއިމްކޮށްގެން ހިންގަމުންނެވެ. 

ވިސާ އެޕްލިކޭޝަން ޕްރޮސެސްގައި ވީއެފްއެސް ގްލޯބަލްގެ ދައުރަކީ ހަމައެކަނި ކުރިމައްޗަށް ފެންނަ އިދާރީ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ބަލައިގަތުމާއި ބަޔޯމެޓްރިކްސް ނެގުން ހިމެނެއެވެ. ނަމަވެސް ވިސާ ދޫކުރުމާއި އަދި އެ ދޫކުރުމަށް ދެކޮޅު ހެދުމުގެ ނިންމުންތައް ނިންމުމުގައި ވީއެފްއެސް ގްލޯބަލްގެ އެއްވެސް ދައުރެއް ނޯންނާނެއެވެ.

މިއަދު އޮންލައިން