ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހުރި ކަންބޮޑުވާ މައްސަލަތައް ހައްލު ކުރަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދަންނަވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ފޮރިން މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި މޫސާ ޒަމީރަށް މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވާފައެވެ. ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން އުއްމީދު ކުރައްވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އެ ޕޯސްޓަށް ދެއްވި ޖަވާބުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ސެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެ ގައުމުގެ ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވެލައްވާ ކަމަށެވެ.