ހަރުކަށި ޔަހޫދީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ޕެޓިޝަނެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 45ސ
ހަރުކަށި ޔަހޫދީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް މަޖިލީހަށް ޕެޓިޝަނެއް!

އިސްރާއީލުގެ ހަރުކަށި ޔަހޫދީން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ގިނަ އަދަދެއްގެ ޖަމިއްޔާތަކާއި ކްލަބްތައް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ މިޕެޓިޝަން މަޖިލީހަށް ހުޝަހަޅާފައިވަނީ 1000 ސޮޔާއެކުއެވެ.

ރައިޓް މޫވްމަންޓުން ބުނާ ގޮތުގައި ޑިސެމްބަރު މަހުގެ 15އާ ހަމައަށް ސޮއިކުރުން ކުރިޔަށް ދާނެއެވެ. އެއަށްފަހު އެހާތަނަށް ލިބޭ ހުރިހާ ސޮޔަކާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް ރައިޓް މޫވްމަންޓުން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން