ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަނީ!

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް  މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރައްވާ ގޮތަށް އުފެއްދެވި ވިޒިޓަރ އިކޮނޮމިކް ކައުންސިލް އާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ދައުލަތަށް މިހާރު ލިބެނީ އަހަރަކު 6 ބިލިއަން ޑޮލަރު ކަމަށާއި އެއިގެ ތެރެއިން 4.5 ބިލިއަން ޑޮލަރު ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުން ކަމަށެވެ. 

"އެހެންވެ އިތުރު ދާއިރާތަށް ތަޢާރަފްކޮށްގެން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް މިފަށަނީ. ރާއްޖެއަށް ޒިޔާރަތްކުރަން ފަތުރުވެރިން ޝައުޤުވެރިވާނެ ދާއިރާތައް އެބަހުރި. މެޑިކަލް ޓޫރިޒަމަ، ސްޕޯޓްސް ޓޫރިޒަމް، ރިހެބިލިޓޭޝަން، މިހެން ގޮސް އެތައް ދާއިރާތަކެއް އެބަހުރި." 

މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ޢާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށާއި އެއިރުން އެހެން ސިނާޢަތްތަކުން ލިބޭ އާމްދަނީ އާއިއެކު ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. 

"އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް އެއާޕޯޓްގެ މަސައްކަތް ނިމުން. އެއިރުންވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ." ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން