އުރީދޫ މިއުޒިކް ފެސްޓިވަލް ގައި ހަބޭސް ބޮޑުބެރު، ޑިޓިއުން، މީރާ، ޓްރެފިކް ޖޭމް, ޒަކިއްޓެ އަދި ޑީޖޭ ދީދު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އުރީދޫ މިއުޒިކް ފެސްޓިވަލް ގައި ހަބޭސް ބޮޑުބެރު، ޑިޓިއުން، މީރާ، ޓްރެފިކް ޖޭމް, ޒަކިއްޓެ އަދި ޑީޖޭ ދީދު!

22 ޑިސެމްބަރު 2023 ވާ ހުކުރު ދުވަހުގެ ރޭ 8 ޖަހާއިރު ބޭއްވުމަށް ހަމަ ޖެހިފައިވާ އުރީދޫ ފަން ރަން މިއުޒިކް ފެސްޓިވަލް އިން އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރު އަދި ޑިޓިއުން ގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ފެނިގންދާނެކަމަށް އުރީދޫ ގެ ސޯޝަލް މީޑިއާގައި ވަނީ އިއުލާނުކޮށްފައެވެ.

އުރީދޫ މިއުޒިކް ފެސްޓިވަލކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގަ ބޭއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަން ނިންމާލުމަށް ފަހު އޮންނަ މިއުޒިކް ފެސްޓިވަލް އެކެވެ. ކޮންމެ އަހަރަކު ވެސް މަގުބޫލު ފަންނާނުން ފެނިގެން ދާ މި މިއުޒިކް ފެސްޓިވަލް އަކީ ގިނަ އަދަދެއްގެ ޒުވާނުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކުރާ ހަރަކާތެކެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތައް ހުކުރު ދުވަހު ހެދުނު 8:30 ގައި އުރީދޫ ޑްރޯން ރޭސް އިން ފެށިގެން ދާއިރު ހަވީރު 3:30 ގައި ރަން ގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. އުރީދޫ ފަން ރަން 2023 ގެ ހަރަކާތްތަކުގައި ބައިވެރިވެ އަދި ކުޅިވަރު ބަލާލުމަށް ހުޅުމާލެ ސެންޓްރަލް ޕާކަށް އުރީދޫއިން އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވަ އެވެ.

މިއަދު އޮންލައިން