މިމަހުގެ މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް 1900 އަށްވުރެ ގިނަ ޓިކެޓު ވަނީ ނަގައިދީފަ: އެންސްޕާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މިމަހުގެ މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް 1900 އަށްވުރެ ގިނަ ޓިކެޓު ވަނީ ނަގައިދީފަ: އެންސްޕާ

މިމަހުގެ މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް 1900 އަށްވުރެ ގިނަ ޓިކެޓު ވަނީ ނަގައިދީފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ. 

އެންސްޕާއިން ބުނެފައިވަނީ މިމަހުގެ 1 އިން 25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް ދޫކޮށްފައިވާކަމަށެވެ. މީގެތެރެއިން %97.2 އަކީ އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެޓެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ތައިލެންޑާއި، ޔޫއޭއީފަދަ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި އާސަންދައިގެ ދަށުން ހުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން