ވަޒީރުންނަށް ރުހުންނުދޭން ނިންމުމަކީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް: ބަންޑާރަ ނައިބު

އަހުމަދު
ކިޔުމަށް ހޭދަވާނީ 56ސ
ވަޒީރުންނަށް ރުހުންނުދޭން ނިންމުމަކީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް: ބަންޑާރަ ނައިބު

ވަޒީރުންނަށް ރުހުންނުދޭން ނިންމުމަކީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒާތީ ކަމެއް ކަމަށާއި މިއީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ބައެއް މެންބަރުން ދައްކާ ވާހަކަތަކާއި ގުޅިގެން

ޕީޕީއެމުން ވެސް ބުނެފައިވަނީ ވަޒީރުންނަށް އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށް ގަބޫލު ކުރާ ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

މިކަމާއި ގުޅިގެން މަޖިލީހުގެ ބޭރުގައި ސަރުކާރުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަމުން އަންނައިރު، މި އިހުތިޖާޖުގައި މިނިސްޓްރީ ތަކުގެ ބޭފުޅުންގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން