މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް!

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކުކަމަށާއި އިހަވަންދިއްޕޮޅު ތަރައްޤީކުރާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ"ގެ ނަމުގައިކަމަށެވެ.

ނާޡިމް ވިދާޅުވީ، މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން އުފެއްދެވުމަށް ނިންމެވި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ. އަދި މިކަމާގުޅިގެން އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެކުންފުންޏަށް ދިނުމަށް ނިންމަވާފައިވާކަމަށެވެ. މި ސަރަޙައްދު ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުގައިކަމަށް ނާޡިމް ވިދާޅުވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ.

 

މިއަދު އޮންލައިން