ޝަހީމާއި އުޝާމާއި ހައިދަރަށް ރުހުން ނުދިން! ރުހުން ދިނީ 19 ވަޒީރަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޝަހީމާއި އުޝާމާއި ހައިދަރަށް ރުހުން ނުދިން! ރުހުން ދިނީ 19 ވަޒީރަކަށް!

މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުންނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭ ވޯޓު ކުރިއަށްގެންގޮސްފައިވަނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ޑރ. ޝަހީމަށް ރުހުންދޭން ފެންނަ ކަމަށް 30 މެމްބަރަކު ވޯތު ދެއްވިއރު، 31 މެމްބަރުން ވަނީ ރުހުން ނުދޭން ވޯޓު ދެއްވާފައެވެ. އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. ޑރ. ހައިދަރަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރެކެވެ. ރުހުން ނުދޭން 46 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ވީ ހުކުރުދުވަހުގެ ރެއެވެ. އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ 22 ބޭފުޅުންގެ މައްޗަށެވެ.

މިއަދު އޮންލައިން