ދައްކަންޖެހޭ ބައެއް ބިލްތައް ކުރީ ސަރުކާރުން ދައްކާފައި ނުވާތީ ރަސްމާލެއާއި ގިރާވަޅު ފަޅު ހިއްކުމަށް ބުރޫއަރައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދައްކަންޖެހޭ ބައެއް ބިލްތައް ކުރީ ސަރުކާރުން ދައްކާފައި ނުވާތީ ރަސްމާލެއާއި ގިރާވަޅު ފަޅު ހިއްކުމަށް ބުރޫއަރައިފި!

ދައްކަންޖެހޭ ބައެއް ބިލްތައް ކުރީ ސަރުކާރުން ދައްކާފައި ނުވާތީ ރަސްމާލެއާއި ގިރާވަޅު ފަޅު ހިއްކުމަށް ބުރޫއަރާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދައްކަން ޖެހޭ ބައެއް ބިލްތައް ނުދައްކާ އޮތުމުގެ ސަބަބުން މަސައްކަތައް ބުރޫއަރާފައިވާކަމަށެވެ. ނަމަވެސް މިކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގިރާވަރު ހިއްކަނީވެސް އެ ކުންފުނިން. މިދިޔަ ސެޕްޓެމްބަރ އޮކްޓޯބަރ ގައި ލާފަހުރި ބޮޑެތި ބިލްތަކެއްވެސް އަދި އެބަހުރި ޕޭނުކޮށް. އެހެންވީމަ ދައުލަތުން އެކަންތައްތައް ހަމަޖައްސައިދީގެން ކުންފުނީގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެތަނުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ." ވަޒީރު ވިދާޅުވިއެވެ.

ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން ސަރުކާރުން އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެއްކަމަށެވެ. 

މިއަދު އޮންލައިން