ކުއްޔަށްދޫކުރި ޕާކިން ސްލޮޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ކުއްޔަށްދޫކުރި ޕާކިން ސްލޮޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ހަތަރު ފުރޮޅުލީ އުނޅަދުތައް ޕާކުކުރުމަށް މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވައިލައިފިއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މާލެ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގައަކާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މި ފެށޭ މަހުގެ ފަހެއްގެ ނިޔަލަށް އެ ފުރުސަތު ހުޅުވާާލާފައިވާ ކަމަށެވެ.

ޕާކިން ޖާގަތަކާމެދު ޝަކުވާތައް ހުށަހަޅާނީ ކައުންސިލްގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ޕާކިން ޖާގަ ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތަކާއި ޕާކިން ޖާގަ ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތަކުން އެ ކައުންސިލަށް އެންގުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ ބުނެފައެވެ.

މާލެގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ޖާގަތައް ކުއްޔަށް ދޫކޮށްފައި ވަނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މާލޭ މޭޔަރުކަމުގައި ހުންނެވިއިރުއެވެ.

މިއަދު އޮންލައިން