ދުނިޔޭގެ ބާޒާރުގައި ދިވެހިންގެ ވިޔަފާރި ކުރިއަރުވަން ޕްލޭނެއް އެކުލަވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދުނިޔޭގެ ބާޒާރުގައި ދިވެހިންގެ ވިޔަފާރި ކުރިއަރުވަން ޕްލޭނެއް އެކުލަވާލައިފި

ދިވެހި ޒުވާނުން ބާރުވެރި ކުރުވާ ދުނިޔޭގެ ބާޒާރުގައި ދިވެހިންގެ ވިޔަފާރި ކުރިއަރުވަން ޕްލޭނެއް އެކުލަވާލައިފިއެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިކަން ހާމަކުރެއްވީ, "ޔޫތު ހެކަތަން" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ

އަސްވާޑް, ޔޫތު ހެކަތަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން 3 ވަނަ ދުވަހަށް، ދިގުދެމިގެންދާ 30 ގަޑިއިރަށްކަމަށެވެ.

މި ހަރަކާތުގައި ބައިވެރި ވެވެނީ ހަމައެކަނި ޒުވާނުންނަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކާމިޔާބު ވާ ޓީމަށް 1 ލައްކަ ރުފިޔާގެ އިނާމެއް ލިބިގެން ދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ހަރަކާތުގެ ދަށުން ފަސް އަހަރު ދުހަވަށް އެކުލަވާލެވިފައިވާ މި ޕްލޭނުގެ ދަށުން ރާއްޖޭގެ ޒުވާނުން ބާރުވެރި ކުރުވާ ދުނިޔޭގެ ބާޒާރުގައި ދިވެހިންގެ ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރެވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެން އެއްވެސް ޒުވާނެއް ބައްޔެއް ނުވާނެ، އިރާދަކުރެއްވިޔާ ހުރިހާ ކަމެއް ޕިޗު ކޮށްލެވޭތޯ ބަލާނަންއަދި ޒުވާނުން ތަމްރީނުކޮށް މިނިވަންކޮށް މަސައްކަތް ކުރެވޭ ބައެއް ކަމަށްހެދުމަކީވެސް މި ޕްލޭންގެ މަގްސަދެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ދާއިރާގައި އަންހެން ބޭފުޅުން ކުރިއަރައިގެން ދާނެ ފުރުސްތު ގާއިމުކޮށްދީ ގޭގައި ތިބެ އަންހެން ބޭފުޅުންގެ އުފެއްދުންތަަކާއި މަސައްކަތްތެރިކަމަށް އުޖޫރަ ލިބޭނެ ނިޒާމެއް ގާއިމުކުރެވިގެން ދާނެކަމަށްށެވެ.

އަދި ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރެވިގެން ދާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން