ޗައިނާގެ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކޮށް ނިންމާ ސަރުކާރާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އަލިފުށްޓާއި އޮޅުވެލިފުށްޓާއި ކެލާއާއި، ދާންދޫގައި ވަނީ ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭ ޑީސަލިނޭޝަން ޕްލާންޓެއް ޤާއިމްކޮށްފައެވެ. އަދި މި ރަށްތަކުގައި 200 ކިލޯވޮޓްގެ ސޯލަރ ޕެނަލްވެސް ހަރުކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މި މަޝްރޫޢުއަށް 11.8 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.