ފެނަކަ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ފެނަކަ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެނީ

ފެނަކަ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމާގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މިފަހުމުނާމާގެ ދަށުން ކޮށްދޭ ކަންކަމަކީ ސްޓެލްކޯއިން ހިލޭސާބަހަށް ކޮށްދޭ ކަންތައްތަކެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.

މެކޭނިކަލް އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ރޮނގުން، ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނު ދޭނެކަމަށާއި، ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ބައެއް ރަށްތަކަށް ސްޓެލްކޯއިން މުވައްޒަފުން ފޮނުވަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކޮށްދެއްވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ "މި އެއްބަސްވުމާއި އެކީގައި ފަންނީގޮތުން އިތުރު ހަރުފަތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން ދިޔުމަށް އެހީތެރިކަން ސްޓެލްކޯގެ ފަރާތުން ލިބިގެންދާނެ. އަދި އޮޕަރޭޝަންސްތައް ނުހުއްޓި އޮމާންކަންމަތީ ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ." ކަމަށެވެ.

 

މިއަދު އޮންލައިން