"ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މސްދޯންޏަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމުގައި ދަންނަވަން.
އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރުދަނީ ދަތުރު ކުރަމުން ކަމުގައިވެސް ދަންނަވަން."
- އެމްއެންޑީއެފް
އެމްއެންޑީއެފުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏަށް އެރި އިންޑިއާ ސިފައިން ދޯނީގައި އެބަތިބިކަން ނުވަތަ ނޫންކަން ޔަޤީންކުރެވޭނީ ކޯސްޓްގާޑަށް އެސަރަޙައްދަށް ދެވިގެންނެވެ.
"ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން" އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫއަށް ނިސްބަތްވާ، "އަސުރުމާ 3" ދޯންޏަށް، އިންޑިއާގެ މަނަވަރެއް ކައިރިކޮށް، އެ ދޯންޏަށް ސިފައިން އަރައިފިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް" ބައެއް ނޫސްތަކުން ވަޏީ ރިޕޯޓްކޮށްފައެވެ.
މީގެ ކުރިންވެސް އިންޑިއާ ސިފައިން ވަނީ ރާއްޖޭގެ މަސްވެރިކަންކުރާ އުޅަނދުތަކަށް އަރައި ބިރުދެއްކުމުގެ ޢަމަލުތައް ކޮށްފައި ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.