ބޭރުގައި ކިޔަވާ ދަރިވަރުން ނަށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށް ދަފްތަރެއް އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ބޭރުގައި ކިޔަވާ ދަރިވަރުން ނަށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށް ދަފްތަރެއް އެކުލަވާލަނީ

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ނަށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މިކަމާގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޑޮލަރުގެ މަައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި މި ޚިދުމަތުގެ ފައިދާ ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުމަށް، ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހަަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުންދާކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.

ޑޮލަރު ނެގޭ ލިމިޓް އިތުރުކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއެކު ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ ޑިސެމްބަރުމަހު 25 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ 750 ޑޮލަރުގެ ލިމިޓް، 1200 ޑޮލަރަށް އިތުރުކުރުމަށެވެ.

މިއަދު އޮންލައިން