ހުސްވި ޖެނުއަރީ މަހުގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާ މާކެޓްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެނުއަރީ މަހުގެ ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 192،332 އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު %11.6 ކުރިއެރުމެކެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އެމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 7703 ފަތުރުވެރިން ވަނީ އައިސްފައެވެ.
ރާއްޖެއަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް ރާއްޖޭގައި 7.9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.