ވިލިމާލޭގައި މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެއްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވިލިމާލޭ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާއި ގުޅޭގޮތުން މަޝްހޫރު ފީނުންތެރިޔާ ޒޫނާ ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މޫދަށް އެރުމަށް ވިލިމާލޭގައި އޮންނަ ހާއްސަ ސަރަހަށްދު ހިމާޔަތްވެގެންދިޔުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޒޫނާގެ ތި ރިކުއެސްޓް އަދި ވަރަށް ގިނަ މީހުންނަށް އޭގެ ފައިދާ ވާނެ ކަމެއް ކަމުގައިވާތީވެ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް ވީމަ ޒުވާ ތި ރިކުއެސްޓް ކުރި ގޮތަށް އެކަން ހަމަޖެހިގެން ދާނެ،". ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހިންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާ ތަންތަން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ވިލިމާލޭގައިވެސް ހަމަޖައްސަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) February 2, 2024
2 ފެބުރުވަރީ 2024
ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމް، ވިލިމާލޭ މޫދަށް އެރޭ ސަރަޙައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާމެދު ކުރެއްވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/OOe1xDiPYZ