ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދާ، ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށި ޕޮލިހާއި ރޯޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

އެގޮތުން އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

ހަމަ އެހެންމެ އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާއިރު ޓެކްސީ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް ފެބުރުވަރީ1 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 31 މީހުން ބައިވެރިވެފައި ވެއެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ޖަނަވަރީ 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ޓެކްސީގެ ޚިދުމަތާ އަލަށް ގުޅޭ 21 މީހުން ވަނީ ބައިވެރިވެފައެވެ.

 

 

މިއަދު އޮންލައިން