ހުޅުމާލޭގައި އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ހުޅުމާލޭގައި އެމްއައިބީގެ ޑޮލަރު އޭޓީއެމްއެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ހުޅުވައިދެއްވި މި އޭޓީއެމް އިން ޑޮލަރު ނެގުމާއި އަދި ޖަމާކުރުމުގެ ޚިދުމަތް ލިބޭއިރު މި އޭޓީއެމުން އަމިއްލަ ފަރުދުންނަށާއި އަދި ވިޔަފާރިތަކަށް ދުވާލަކަށް 1600 ޑޮލަރު އަދި މަހަކަށް 10،000 ޑޮލަރު ނެގޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭއިރު ވިޔަފާރިތަކަށް ދުވާލަކު 32،000 ޑޮލަރު ޖަމާކުރެވޭނެއެވެ.

އެމްއައިބީގެ މިއޭޓީއެމް ހުޅުވާފައިވަނީ މިހާރުވެސް ހުޅުމާލޭގައި ހުރި އެމްއައިބީގެ އޭޓީއެމް ބްރާންޗްގައެވެ.

މިއަދު އޮންލައިން