ރައީސް ޑރ.މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ އިއްވަވާނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ރައީސް ޑރ.މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ އިއްވަވާނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ އިއްވަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 5 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެއެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ވާއިރު އެ މަނިކުފާނުގެ ބަޔާނުގައި ސަރުކާރުން ދިވެހިރާއްޖެގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ބަޔާންކުރައްވާނެއެވެ.

 

މިއަދު އޮންލައިން