ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޢާއިޝަތު ރަމީލާ ބޭސްފަރުވާއަށްފަހު ރާއްޖެއަށް ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޢާއިޝަތު ރަމީލާ ބޭސްފަރުވާއަށްފަހު ރާއްޖެއަށް ވަޑައިގެންފި

ކެންސަރު ބައްޔަށް ބޭސްފަރުވާއަށްފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޢާއިޝަތު ރަމީލާ ރާއްޖެއަށް ވަޑައިގެންފިއެވެ.

އެކަމަނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީމޯ ތެރަޕީގެ 9 ސެޝަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފަރުވާގެ ދެވަނަ ފޭސް ފެށުމުގެ ކުރިން ރާއްޖޭގައި ހޭދަކުރަން ލިބޭ މިދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

ބޭސް ފަރުވާއަށް ވަޒީރު ރަމީލާ ޗުއްޓީ ނެންގެވުމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަވަމުން ގެންދެވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

 

މިއަދު އޮންލައިން