މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 1 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތައް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 246 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 25 ވަނަ ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 25 ދުވަހު ދައުލަތުގެ ހަރަދު ދަށްވެފައިވާއިރު ރިކަރަންޓް ޚަރަދާއި އަދި ކެޕިޓަލް ހަރަދުތައްވެސް ވަނީ ދަށްވެފައެވެ.