"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދައި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދައި

"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކުންފުންޏެއް އުފައްދަވައިފިއެވެ.

ދިވެހި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން އުފެއްދެވި "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް" ކުންފުންޏަކީ، ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަސައްކަތް މި ކުންފުނިން ކުރިއަށް ގެންދަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއަދު އޮންލައިން