އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ހޯދުމަށް އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމް އަލުން ޢައްޔަން ކުރައްވާފައެވެ.
ރުހުން ނުދިނުމުން އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ދެވަނަ ފަހަރަށް ހުށަހަޅުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ޔަގީންކޮށްދީފައިވެ އެވެ.