ބ.އަތޮޅު ހަތަރު ފިނޮޅު 10 އަހަރަކަށް ކުއްޔަށް ދޭން ކައުންސިލުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ބ.އަތޮޅު ހަތަރު ފިނޮޅު 10 އަހަރަކަށް ކުއްޔަށް ދޭން ކައުންސިލުން ނިންމައިފި

ކައުންސިލްގެ މާލީ ހާލަތު ރަނގަޅުކުރުމަށް ބ.އަތޮޅު ހަތަރު ފިނޮޅު 10 އަހަރަކަށް ކުއްޔަށް ދޭން ކައުންސިލުން ނިންމައިފިއެވެ.

ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ނުރައުފުރިފަރު ފިނޮޅު، ވިލިނގިލިފަރު ފިނޮޅު، ލަނޑާ ގިރާވަރު ރިސޯޓްގެ އިރުމަތީގައި އޮންނަ ފިނޮޅާއި އެރިސޯޓްގެ ހުޅަނގުން އޮންނަ ފިނޮޅެވެ. މި ހަތަރު ފިނޮޅުގެ ތެރެއިން ތިން ފިނޮޅެއް މީގެ ކުރިން ނަގާފައި ވަނީ ރިސޯޓްތަކުންނެވެ. އަނެއް ފިނޮޅު ނަގާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

މިފިނޮޅުތައް ދިގުމުއްދަތަށް ކުއްޔަށް ދެނީ ސީއެސްއާރު މަޝްރޫއަކާވެސް އެކުއެވެ. ފިނޮޅުތައް ހޯދުމަށް ހުށައަޅާއިރު، ސީއެސްއާރުގެ ގޮތުގައި މަދުވެގެން ފަސްލައްކަ ރުފިޔާ ހިމަނަން ޖެހޭނެ ކަމަށާއި، ސީއެސްއާރުގެ ގޮތުގައި ހުށައަޅާ ފައިސާ ދެއަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ކަމަށްވެސް ކައުންސިލުންވަނީ ހާމަކޮށްފައެވެ.

 

މިއަދު އޮންލައިން