ރައްޔިތުން ދެކެން ބޭނުންވާ ތަރައްޤީގެ ތަސައްވުރެއް ފެންނަން ފެށީ މިވެރިކަމުގައި: ވަޒީރު އާދަމް ޝަރީފް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރައްޔިތުން ދެކެން ބޭނުންވާ ތަރައްޤީގެ ތަސައްވުރެއް ފެންނަން ފެށީ މިވެރިކަމުގައި: ވަޒީރު އާދަމް ޝަރީފް

ރައްޔިތުން ދެކެން ބޭނުންވާ ތަރައްޤީގެ ތަސައްވުރެއް ފެންނަން ފެށީ މިވެރިކަމުގައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ ވިއްސަކަށް އަަހަރުތެރޭގައި އެކި ރައީސުންގެ ވެރިކަން ތަޖުރިބާކުރެވިއްޖެކަމަށާއި ނަމަވެސް ރައްޔިތުންނާއި ގާތުން ވެރިކަންކުރާ މަންޒަރު ފެނިގެންދަނީ ރައީސް މުއިއްޒުގެ އަދުގެ ޒައާމަތުންކަމަށެވެ.

ވަޒީރު ޝަރީފް ވިދާޅުވީ “އެމަނިކުފާނުގެ ތަސައްވުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަން ފަށާނެ. މާލެ ކައިރީގެ ހިސާބުތަކާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަރައްޤީގެ މަންޒަރުތަކާއެކު ދުބާއީގެ މަންޒަރުތައް ސިފަވާނެ މަންޒަރު މާ ލަސްތަކެއް ނުވެ ފެންނާނެ.” ކަމަށެވެ.

ރައީސްގެ ތަރައްޤީގެ ތަސައްވުރުގައި ހިމެނޭ އެންމެ ބިޔަ އެއް މަޝްރޫޢުކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ތެރެއިން ކަނޑުއަޑީގެ ޓަނަލެއް ހަދާނެކަމަށް ވިދާޅުވުމުން އެކަން ނުވާނެކަމަށް ބައެއް މީހުން ބުނިނަމަވެސް، އެ ވާހަކަފުޅުތައް ރައީސް ދައްކަވަނީ އިންޖިނިއަރިންގެ ތަޖުރިބާއާއި ބޭރުގެ ތަޖުރިބާއާއެކުކަމަށާއި އަދި އެއީ ވާނެކަމެއްކަން ޔަޤީންކުރައްވާކަމަށްވެސް ވަޒީރު ޝަރީފް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން