މީގެކުރިން ލިބިފައިނުވާ އެތައް ކާމިޔާބީއެއް ޚާރިޖީ ދާއިރާއިން މިއަދު ދަނީ ހޯދަމުން: ވަޒީރު މޫސާ ޒަމީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މީގެކުރިން ލިބިފައިނުވާ އެތައް ކާމިޔާބީއެއް ޚާރިޖީ ދާއިރާއިން މިއަދު ދަނީ ހޯދަމުން: ވަޒީރު މޫސާ ޒަމީރު

މީގެކުރިން ލިބިފައިނުވާ އެތައް ކާމިޔާބީއެއް ޚާރިޖީ ދާއިރާއިން މިއަދު ދަނީ ހޯދަމުން ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ޒަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ.މަޑިފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޚާރިޖީ ދާއިރާއިން މިއަދު ރާއްޖެ ގިނަ ކާމިޔާބީތަކެއް ހޯދަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އެކަމުގައި އަދާކުރައްވާ ދައުރު ވަރަށް ބޮޑުކަމަށާއި އަދި ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އޮތީ ނުރައްކަލެއްގެ ތެރޭގައިކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތްތަކާއެކު އެކަމުގައި ކުރިއެރުންތަކެއް ހޯދިއްޖެކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ވިދާޅުވީ "2016 ވަނަ އަހަރު ފެށިގެން ދިވެހި ދައުލަތުގެ އެއިރުގައި ތިއްބެވި ޑިޕްލޮމެޓުންނާއި ރައީސް އޮފީހާއި މި ތަންތަނުން ކުރެއްވި މަސައްކަތުން ނުލިބޭ ފަދަ ކާމިޔާބީ ރައީސް ވަނީ ހޯދައްވާފައި. ރާއްޖޭގެ ދޭދޭ ގައުމުތަކުގެ ޑިޕްލޮމެޓިކް ދާއިރާއަށް ބަލާއިރު ރާއްޖޭ މިހާރު އޮތީ ވަރަށް ކުރީގައި" ކަމަށެވެ.

މިއަދު އޮންލައިން