ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ބާއްވާ ފުރަތަމަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކ. މަނިޔަފުށީގައި އިފްތިތާހުކޮށްފައިވާކަމަށެވެ.

14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ރާއްޖޭގެ އެކި ހިސާބުތަކުން 15 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ކުރިއަށްދާނީ މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިންގް ފެސިލިޓީގައެވެ.

މިއަދު އޮންލައިން