ސަމާލުވޭ! އެކައުންޓް ރީ-އެކްޓިވޭޓުކުރުމަށް ކަމަށް ބުނެ ބީއެމްއެލްގެ ނަމުގައި ލިންކްތަކެއް ދަނީ ފޮނުވަމުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ސަމާލުވޭ! އެކައުންޓް ރީ-އެކްޓިވޭޓުކުރުމަށް ކަމަށް ބުނެ ބީއެމްއެލްގެ ނަމުގައި ލިންކްތަކެއް ދަނީ ފޮނުވަމުން!

އެކައުންޓް ރީ-އެކްޓިވޭޓުކުރުމަށް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ލިންކްތަކެއް ފޮނުވަމުންދާތީ މިކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ އެކައުންޓެއް ރީ-އެކްޓިވޭޓް ކުރެވޭނީ އެ ބޭންކުގެ ނަންބަރަށް ގުޅައިގެން ނުވަތަ ބޭންކަށް ގޮސްގެން ކަމަށެވެ. އެހެންކަމުން އެކައުންޓް ރީ-އެކްޓިވޭޓްކުރުމަށް އެދި ކަސްޓަމަރުންނަށް އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ސަމާލުވުމަށް އެބޭންކުންވަނީ އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން