ދިގު މުއްދަދުތަކަށް ވަޒަންވެރިވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު އާއްމުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ދިގު މުއްދަދުތަކަށް ވަޒަންވެރިވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު އާއްމުކޮށްފި

ރާއްޖޭގައި ދިގު މުއްދަތުތަކަށް ވަޒަންވެރިވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އުސޫލު ހެލްތު މިނިސްޓްރީއިން މިއަދު އާއްމުކޮށްފިއެވެ.

މިއުސޫލު އާއްމުކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާފައި ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ. 

މިރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި އެކުލެވިގެންދާ އުސޫލަކީ, ރާއްޖެ އެތެރެވާ ބިދޭސީންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަށް, ވަރަށް މުހިއްމު އުސޫލެއްކަމަށް ވަނީ ވިދާޅުވެފައެވެ. ބިދޭސީންގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށް ވެސް މިއުސޫލުގެ ސަބަބުން ނަފާ ކުރާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއުސޫލު އެކުލަވާލުމުގެ އެއް އަމާޒަކީ ރާއްޖޭގައި ފެތުރެމުންދާ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލު ކުރުން ކަމަށް ވެސް ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ހާމަކޮށްފައެވެ. 

މިއަދު އޮންލައިން