މި އަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރު!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މި އަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރު!

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން މި އަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 585 މިލިއަން ރުފިޔާ އިތުރު ކަމަށް  ދައްކައިފިއެވެ.

މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި އެ މަހުގެ ތެރޭގައި ޙަރަދުތައް ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ޙަރަދަށްވުރެ އާމްދަނީ އިތުރުވި ނަމަވެސް މި އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.1 ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 3.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 328 މިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 2.5 މިލިއަން ރުފިޔާ ކަމަށް ވެސް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.

 

މިއަދު އޮންލައިން