ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކާނިވަލެއް ނުވަތަ ފެސްޓިވަލެއް ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިހާމް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައެވެ.
މިނިސްޓަރ ޝިހާމް ވިދާޅުވީ "ސަރުކާރުގެ ގިނަ އޮފީސްތަކާއި މުވައްސަސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށް އިންތިޒާމްތައް ހަމަޖެހިފައިނުވޭ. އަދި މިކަން ރަނގަޅުކޮށް ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން އުޅެވޭނެ ފަދަ މާހައުލަކަށް މަސައްކަތުގެ މާހައުލު ހެދުމަށްޓަކައި ސަރުކާރުން އިތުރަށް މަސައްކަތްކުރާނެ." ކަމަށެވެ.