ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭ ކާޑު ހޯދުމަށް ރަޖިސްޓްރީ ވާކަށްނުޖެހޭނެ: މިނިސްޓަރ ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭ ކާޑު ހޯދުމަށް ރަޖިސްޓްރީ ވާކަށްނުޖެހޭނެ: މިނިސްޓަރ ޝަރީފް

ރޯދަމަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން ދޭ ކާޑު ހޯދުމަށް ރަޖިސްޓްރީ ވާކަށްނުޖެހޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަރީފް މިހެންވިދާޅުވީ ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ބޭނުންވާ ގޭބިސީތަކުން ޕޯޓަލްއެއްގައި ރަޖިސްޓްރީވާންޖެހޭކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.

މިނިސްޓަރ ޝަރީފް ވިދާޅުވީ ކާޑު ހޯދަން ރަޖިސްޓްރީ ވާން ނުޖެހޭނެކަމަށާއި ސަރުކާރުން ހަދިޔާ ކުރާ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ނުވެ މާލޭގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ.

ސަރުކާރުން ވަނީ ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ނިންމަވައިފައެވެ. 

މިއަދު އޮންލައިން