ކީރިތި ޤުރުއާންކިޔެވުމަކީ ވަރަށް ގިނަ ސަވާބާއި ދަރުމަ ހުރި ކަމެކެވެ. ޒަމާނުއްސުރެ ދިވެހިންނަކީ ޤުރުއާނާ ގާތް ކަމެއް ގެންގުޅޭ ބައެކެވެ. ފުރާވަރަށް އަރާ ކޮންމެ ކުއްޖަކީ ޤުރުއާން ޚަތިމުކޮށްގެން ހުންނަ ކުއްޖެއް ކަމުގައި ހެދޭތޯ ދާދިފަހާ ޖެހެންދެން ވެސް ދިވެހިން ބަލައި އުޅުނެވެ.
މިހާރަކަށް އައިސް ޤުރުއާން ކިޔެވުމާ ދުރަށް ޒުވާނުންނަށް ދެވޭތަން މަދުން ނަމަވެސް ފެނެއެވެ. އިސްލާމިކް ލައިފް ކޯޗިންގގެ ފަރާތުން މިފަހަރު ދިވެހި ރައްޔިތުންނަށް ހުޅުވައިލާފައި އެ ވަނީ ޤުރުއާން ޚަތިމުކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެކެވެ. އެންމެ 10 ޖާގަ ހިމެނޭ ގޮތަށް ހުޅުވައިލާފައި ވާ އެ ކްލާހުގައި ކީރިތި ޤުރުއާން ތަޖުވީދުމަގަށް ކިޔަވައިގެން ޚަތިމުކުރުމަށް އެހީތެރި ވެދޭނޭ ކަމަށް އިސްލާމިކް ލައިފް ކޯޗިންގގެ ފަރާތުން ބުނެއެވެ.
އައްޝައިޚް މުޙައްމަދު އަފްޟަލާ އެކު ޤުރުއާން ކިޔަވައި ޚަތިމުކުރުމުގެ ފުރުޞަތު ހުޅުވައިލާފައި ވާ މި ޕްރޮޤްރާމުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުން ރަނގަޅުކޮށްދިނުމާއި ފަރިތަކޮށް ޤުރުއާންކިޔަވަން ދަސްކޮށްދިނުން ވެސް އޮންނާނޭ ކަމަށް އިސްލާމިކް ލައިފް ކޯޗިންގއިން ބުނެއެވެ.
މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ ދަރިން ދީނީ ކަންކަމާ ގާތްކުރަންވީއެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަމާއި މަތިވެރިކަމަކީ ދެ ދުނިޔޭގައި ވެސް އޭގެ ފައިދާ ލިބޭނޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް އާޚިރަތުގައި ކީރިތި ޤުރުއާނުގެ ޝަފާއަތް ލިބުން ވެސް ވަނީ ޤުރުއާންކިޔެވުން މަތީ ދެމިތިބޭ މީހުންނަށްކަން ކަށަވަރެވެ.
އިސްލާމިކް ލައިފް ކޯޗިންގގެ ޤުރުއާން ޚަތިމުކުރާ ޕްރޮގުރާމުގައި ބައިވެރިވުމަށް ތިރީގައި އެވާ ލިންކަށް ވަދެ ފޯރމް ފުރައިލާށެވެ! ޤުރުއާނާ ގާތްވުމުގެ ތައުފީޤު ﷲ އަޅަމެންނަށް ދެއްވާނދޭވެ!