އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބު ކުރުމަކީ އަންހެނުން ބާރުވެރި ކުރުވުމުގައި ރައީސް ހޯއްދެވީ ކާމިޔާބީއެއް: އާދަމް ޝަރީފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބު ކުރުމަކީ އަންހެނުން ބާރުވެރި ކުރުވުމުގައި ރައީސް ހޯއްދެވީ ކާމިޔާބީއެއް: އާދަމް ޝަރީފް

އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބު ކުރުމަކީ ލާމަރުކަޒީ ނިޒާމްގައި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ކާމިޔާބީއެއް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފައިވާ އިރު، އެ މަގާމަށް އިންތިހާބުވީ ފ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހައްވާ އަބްދުލް އަޒީޒެވެ. ހައްވަ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ 941 ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 887 ވޯޓެވެ.

އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ހައްވަ އަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓަޖިކް މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހައްވަ އަށް ފުރިހަމަ އަށް ކާމިޔާބީއަށް އެދެން،" އާދަމް ޝަރީފްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

މިއަދު އޮންލައިން