އެކަކު އަނެކަކަށް ކޮށްދޭންޖެހޭ، ކޮށްދެވެން ހުންނަ ކަންކަމަށް ތަކުރާރުކޮށް އެދެން ޖެއްސުމަކީ ލޯބިނުވާކަން އަންގައިދޭކަމެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެކަކު އަނެކަކަށް ކޮށްދޭންޖެހޭ، ކޮށްދެވެން ހުންނަ ކަންކަމަށް ތަކުރާރުކޮށް އެދެން ޖެއްސުމަކީ ލޯބިނުވާކަން އަންގައިދޭކަމެއް!

ދިރިއުޅޭއިރު ދެމަފިރިންވެސް އެކަކު އަނެކެއްގެ ކިބައިން ކަންކަމަށް އެދޭނެއެވެ. އަދި ޢާންމުގޮތެއްގައި ގިނައިން އެދެން ޖެހޭނީވެސް އަނބިމީހާއަށެވެ. ސަބަބަކީ ގިނަ ޢާއިލާތަކުގައި ޚަރަދުކުރުމުގައި އިސްކޮށްހުންނަނީ ފިރިމީހާ ކަމަށްވުމެވެ. 

މިހެން މިބުނަނީ ދެމީހުންނަށެވެ. ބައިވެރިޔާ ކަމަކު އެދުމުން ކަންދިމާވާ ގޮތަކުން ހަނދާން ނެތިގެން އެކަމެއް ކޮށްނުދެވި ލަސްވެއްޖެނަމަ މާފަށް އެދެން ޖެހޭނެއެވެ. ގިނަ މީހުން، ޚާއްޞަކޮށް ގިނަ އަންހެނުންނަކީ އެއްކަމަކަށް ތަކުރާރުކޮށް އެދެން ބޭނުންވާނެ ބައެއް ނޫނެވެ. ނަމަވެސް ކަމަކަށް އެދުމުން އެކަންކޮށްދެވޭން އޮންނަ ޙާލަތުގައިވެސް އެކަމެއް ކޮށްދޭން ފަރުވާކުޑަކުރާނަމަ އެކަން ހިތުގައި އޮންނާނެއެވެ. އެއީ އިންސާނީ އާދައެއްވެސްމެއެވެ. 

ބުނަންހެއްޔެވެ؟ ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް އަނެކާގެ ކިބައިން ކަމަކަށް އެދުމުން އެއީ ކޮށްދެވޭނެ ވަރުގެ ކަމެއް ނަމަ އެކަން ވީހާ އަވަހަކަށް ކޮށްދޭނަމަ އެއީ ލޯބިވާކަން އަންގައިދޭކަމެކެވެ. ފަރުވާކުޑަކުރާނަމަ ބެލެވޭނީ އެއިގެ އަނެއްކޮޅަށެވެ. 

ވިސްނައިލާށެވެ! އެއްޗެއް ގަނެދޭން އަނބިމިހާ އެދުނީއެވެ. އެކަން ކޮށްދެވެން އޮތްނަމަ ވީހާއަވަކަށް ކޮށްދިނުމުން އަނބިމީހާ އުފާވާނެއެވެ. އަދި އެތައް ފަހަރަކު އެދެން ޖެއްސުމުން ފޫހިވެސްވާނެއެވެ. ވިސްނާލަން މިބުނާ ކަމަކީ އަވަހަށް ގަނެދިނަސް ފަހުން ގަނެދިނަސް ޚަރަދުކުރަންޖެހޭނީ އެއްވަރަކަށެވެ. އަގަކަށް ބަދަލެއް ނުއަންނާނެއެވެ. މާނައަކީ ޚަރަދުކުރަންޖެހޭނީ އެއްވަރަކަށެވެ. އެހެންކަމަށްވާއިރު އަނބިމީހާގެ ހިތް އުފާވާނެ ގޮތަށް އެކަން ކޮސްނުދޭންވީ ކީއްވެގެން ހެއްޔެވެ؟ އަވަހަށް ކޮސްނުދެވޭނަމަ އެކުރެވޭ ކަމަކީ އަނބިމީހާގެ ހިތުގައި ތިމާއަށް ލޯބި އިތުރުކުރަން ލިބުނު ފުރުޞަތު ނަގައިލެވެނީ ނޫންހެއްޔެވެ؟ އެއިރުން މާދެރަ ނޫންހެއްޔެވެ؟

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން