އުކުނު ހުރުމުން ބެޓީ ކްރޮކަރ ބްރޭންޑުގެ މިލްކް ޗޮކްލެޓް އަދި ޗޮކްލެޓް ފަޖް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
އުކުނު ހުރުމުން ބެޓީ ކްރޮކަރ ބްރޭންޑުގެ މިލްކް ޗޮކްލެޓް އަދި ޗޮކްލެޓް ފަޖް ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފި

އުކުނު ހުރުމުން ބެޓީ ކްރޮކަރ ބްރޭންޑުގެ މިލްކް ޗޮކްލެޓް އަދި ޗޮކްލެޓް ފަޖް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

މިބްރޭންޑްގެ ޗޮކްލެޓް ފަޖް ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާއްމު ފަރާތަކުން ހުށައެޅި ޝަކުވާއަކާއި ގުޅިގެން އެކަން ބެލުމަށް މާލޭގެ ބާޒާރުގައި ހުރި މިބާވަތްތަކުން ސާމްޕަލްނަގައި ތަހުލީލު ކުރުމަށްފަހު  މިސާމްޕަލްތަކުގައި "ލަމްޕްސް" ނުވަތަ ފުށް ގަނޑުވެފައިވެއެވެ. އަދި ބައެއް ސާމްޕަލްތައް ހުރީ އުކުނު ފަދަ ކުދި ދިރޭ ސޫޕިތަކުން ފުރިފައިކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރެއެވެ.

މި ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތި ނޫންކަމަށް އެއޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ރަށްކާތެރިކަމުގެ ގޮތުން މިބާވަތްތައް ވިއްކާ ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.

 

މިއަދު އޮންލައިން