އެމްކިޔޫއޭގެ ޚިދުމަތް ލިބުން ލަސްވާތީ ޝައިޚް ޝަފީޢުގެ ކަންބޮޑުވެވަޑައިގަތުން- ޙައްލުކުރަންޖެހޭ މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އެމްކިޔޫއޭގެ ޚިދުމަތް ލިބުން ލަސްވާތީ ޝައިޚް ޝަފީޢުގެ ކަންބޮޑުވެވަޑައިގަތުން- ޙައްލުކުރަންޖެހޭ މައްސަލައެއް!

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔޫ.އޭ) ގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ލަހުން ކަމަށް ބުނެ ގިނަ ބައަކު ޝަކުވާކުރަމުންދަނިކޮށް ޝައިޚް ޝަފީޢު ޢަބްދިﷲ ވެސް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

ޝައިޚް ޝަފީޢު ފާހަގަކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ޝައިޚްގެ އަނބިކަނބަލުން އެއިދާރާއަށް ކުރި މޭލެއް ލިބުނުކަން އަނބިކަނބަލުންނަށް އަންގަން ހަފްތާއަކަށްވުރެ ގިނަ ދުވަސް ނަގާފައިވާ މައްސަލައެކެވެ. 

ޝައިޚް ޝަފީޢު ވިދާޅުވީ މިމައްސަލަ ފާހަގަކުރައްވަން ޖެހިވަޑައިގަތީ އެއިދާރާއަށް ސެޓިފިކެޓްތައް ހުށަހެޅުމުން ޞައްހަކަން ބެލުމުގެ މަސައްކަތް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުގެންދެވޭތީ ގިނަ ބައަކަށް އެކަމުގެ ދަތިތައް ކުރިމަތިވެ ޝަކުވާކުރަމުން ގެންދާކަން އެނގިވަޑައިގަތުމުން ކަމަށެވެ. "އަޅުގަނޑު އަމިއްލައަށް ހުށަހެޅި ލިޔުންތަކަށްވެސް ހަމަ މިފަދަ ލަސްވުމެއް ކުރިމަތިވި!" 

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ހުންނަ ދަތިތައް ފިލުވާލަދީ ވީހާ ލުއިފަސޭހަ، އަދި ވީހާއަވަހަކަށް ޚިދުމަތްދޭން މަސައްކަތްކުރަމުންނެވެ.  

- ޝައިޚް ޝަފީޢު ކުރެއްވި ޕޯސްޓް: 

މިއަދު އޮންލައިން