ގެމަނަފުށީގައި އަލަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ގެމަނަފުށީގައި އަލަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފި

ގއ. ގެމަނަފުށީގައި އަލަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

އެގޮތުން މިއީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސުޓޭޓް މިނިސްޓަރ ޢަބުދުﷲ ސައުދާނެވެ.ގެމަނަފުށީގައި އަލަށް ބިނާ ކުރާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. މި މަޝްރޫޢު ނިންމުމަށް އީވޯސަން މޯލްޑިވްސްއަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކެވެ.

މިއީ ދައުލަތުގެ ބަޖެޓުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިއަދު އޮންލައިން