ކުރިއަށް އޮތް 2 ދުވަހަށް ފިޔާ، ތަރުކާރީ، މޭވާއާ އެހެންވެސް ބައެއް ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކުރިއަށް އޮތް 2 ދުވަހަށް ފިޔާ، ތަރުކާރީ، މޭވާއާ އެހެންވެސް ބައެއް ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފި-

ފިޔާ، ތަރުކާރީ، އަދި މޭވާއާއި އެހެންވެސް ބައެއް ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަގުހެޔޮކޮށްފިއެވެ. 

މިމަހުގެ 15 ވަނަ ދުވަސް (މިއަދުން) ފެށިގެން ކުރިއަށް 2 ދުވަހަށް (16 ވަނަދުވަހުގެ ނިޔަލަށް) ކުރިއަށް ގެންދާ މި ޕްރަމޯޝަނުގައި ފިޔާ ކިލޯއެއް ވިއްކާނީ އެންމެ 15 ރުފިޔާއަށެވެ. 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކާނީ 360 ރުފިޔާއަށެވެ. 

މިޕްރަމޯޝަންގައި ބީންސް އަދި ކެޕްސިކަމް ކިލޯއެއް 60 ރުފިޔާއަށް، ކޯލީ ފްލާވަރ ކިލޯއެއް 65 ރުފިޔާއަށް، ލޭޑީޒް ފިންގަރ އަދި ލީކްސް ކިލޯއެއް 70 ރުފިޔާ، މިންޓް ލީފް އަދި ކޮރިއެންޑަރ ލީފް ކިލޯއެއް 90 ރުފިޔާ، 

ފޭރު ކިލޯއެއް 70 ރުފިޔާ، ކަރާ ކިލޯއެއް 16 ރުފިޔާ، އަންނާރު ކިލޯއެއް 70 ރުފިޔާ، އަދި ސްޓޯބަރީ ފޮށްޓެއް 55 ރުފިޔާއަށް ކުކުޅު ބިހެއް އެއް ރުފިޔާ ހަތްދިހަ ފަސްލާރިއަށް ވިއްކާނެއެވެ. 

މިހުރިހާ ބާވަތްތަކެއްވެސް ގަނޑުކޮށް ގަންނަ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓެއް ލިބޭނެއެވެ.

 

މިއަދު އޮންލައިން